-Advertisement-

-Advertisement-

ޔާމީން މިނިވަން ނުކުރަމަށް ރައީސް މުއިއްޒު އެދުނު: މަލީހު ޖަމާލް

ރައީސް ޔާމީން އަދި ދަރިކަލުން ޒޭން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރުމަށް، ރައީސް ޑރ މުހައްމަދު މުއިއްޒު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ޕީޕަލް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އިން ބުނެފިއެވެ.

އަލަށް އުފައްދާފައިވާ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވާފައިވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގެ ޔައުމިއްޔާއިން ރައީސް މުއިއްޒު، ރައީސް ސޯލިހު އަރިހު ވިދާޅުވެފައިވާކަން ވަރަށް ސާފުކޮށް ހާމަވެގެންދާނެ ކަމަށެވެ.

ރައީސް މުއިއްޒު އެގޮތަށް ވާހަކަ ދެއްކެވީ އެ ރޭ ޕީޕީއެމް އޮފީސް ދޮށުގައި މުޒާހަރާ އޮތުމުން ކަމަށް މަލީހު ވިދާޅުވެފައިވާއިރު، އެ މުޒާހަރާ ހުއްޓުވަން ރައީސް ”ޗެނަލް13” އަށް ގުޅުއްވި ކަމަށްވެސް މަލީހު ވަނީ ތުހުމަތުކުރައްވާފައިއެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ޔާމީން ގޭބަންދަށް މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ބަދަލުކޮށް، އަދި އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް އޮކްޓޯބަރު 28 ވަނަ ދުވަހު ދީފައިވެއެވެ.

ކަރެކްޝަނަލް ސާވިސްއިން ޔާމީނަށް ހުއްދަ ދީފައިވަނީ ކަސްރަތު ކުރުމަށާއި ސިއްހީ ސަބަބުތަކަށާއި މުހިންމު ކަންކަމަށް މީހުންނާ ބައްދަލުކުރުމަށެވެ. އަދި  މާލެ ސަރަހައްދުގައި، ބޭރަށް ނުކުމުގެ ހުއްދަވެސް ދީފައިިވީ ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވުން އޮތީ މަނާކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-