-Advertisement-

-Advertisement-

މިސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން: ޞާލިޙް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާ ރައްކާތެރިކޮށްދޭނެ ބިލެއް އެކުލަވާލައި، ގާނޫނަކަށް ހަދައިދޭނެ ކަމަށް އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އިބޫ މިހެން ވިދާޅުވީ ތ. ތިމަރަފުށީ ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ ކުރިއަށް އޮތީ ވަރަށް ބިރުވެރި، ނާމާން ދުވަސްތަކެއް ކަމަށް ވިދާޅުވެ ރައީސް އިބޫ ވިދާޅުވީ، އެ މަންޒަރު މިހާރު ވެސް ފެންނަ ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވީ ސަރުކާރުން މި އިންތިޚާބާ ދިމާކޮށް ގިނަ ބަޔަކަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމުގެ އަޑު ފެތުރެމުން ދާތީއެވެ.

މަޖިލިސް މެންބަރުކަން ދިގު މުއްދަތަކަށް ކުރެއްވި ޞާލިޙް ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒަފުން ހިމާޔަތް ކުރުމަށް ޓަކައި ސިވިލް ސާވިސް ގާނޫނު، ފާސްކުރިއިރު އެކަމާ ދެކޮޅަށް އޭރު އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-