-Advertisement-

-Advertisement-

ސިޔާސީ އާ މަގާމެއް އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސްއޮފީސް

މި ސަރުކާރުން މިނިސްޓްރީތަކަށް ހާއްސަކޮށްގެން ސިޔާސީ އާ މަގާމެއް އުފައްދައިފި އެވެ.

އެ މަގާމަކީ “އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރު” ގެ މަގާމަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމު އުފެއްދީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި މަގާމުގެ މުސާރަ އަކީ ގާތްގަނޑަކަށް 15،000ރ. އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބެލުމަށް ފަހު މުވައްޒަފުން އައްޔަނު ކުރުމަށް މަގާމުތައް އުފައްދަމުން ދާނެ ކަމަށެވެ.

އަލަށް މި އުފެއްދި އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އުފެއްދުމަށް ފަހު، ސްޕޯޓްސް މިނިސްޓްރީން އަށް 11 މީހަކު އެ މަގާމަށް މިހާތަނަށް އައްޔަންކޮށްފައިވެ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނައެއް ނުވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވީ ނަމަވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ސަރުކާރަށް ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަސްވީ އިރު، ސިޔާސީ މަގާމުތަކުގެ އަަދަދު 1،500 އަށް އަރަ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މަޝްރޫއުތައް ހިންގާނެ ފައިސާގެ ދަތިކަން ހުރި ކަމަށް ސަރުކާރުން ބުނާ އިރު، ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަން ފައިސާ ހުރި ކަމަށް ސަރުކާރުގެ އަމަލުތަކުން ފެންނަ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-