-Advertisement-

-Advertisement-

މޫސުން މިއަދުވެސް ގޯސްވާނެ ކަމަށް ބެލެވޭ: މެޓް އޮފީސް

ވިއްސާރާގައި މާލޭގަ މަގުތަކުގައި ފެން ބޮޑުވެފައި – ފޮޓޯ: ނިއުސްލެބް

މޫސުން އަދިވެސް ގޯސް ކަމަށާއި، މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މެޓް އޮފީސްއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު މިއަދު 11:30 އިން ހަވީރު 16:30 އަށް ނެރެފައިއެވެ.

ގުގުރުމާއި އެކު ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަ ކުރާނެކަމަށް ބެލެވުނު ނަމަވެސް ކަނޑުތައް ގަދަ ނޫން ކަމަށް މެޓް އޮފީހުން ބުންޏެވެ.

ހޮނަހިރު ދުވަހު ރާއްޖެއަށް ކުރި ވިއްސާރާގައި މީހުން އުޅޭ ގެތަކަށް ވަނީ ގެއްލުންތަކެއް ލިބިފައިއެވެ. އެގޮތުން މާލޭގެ 132 ގެއަކާއި, ށ. ފީވަކުގެ 20 ގެއަކަށް އަދި އެ އަތޮޅު ފޯކައިދޫގެ ތިން ގެއަކަށް ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-