-Advertisement-

-Advertisement-

“ކަރަންޓު ދޫކުރަންވީ ޕާޓީ ގެތަކަށް” ބުނުން ޕީއެންސީ އިން ކުއްވެރިކޮއްފި

ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު -- ފޮޓޯ: ފޭސްބުކް

ފެނަކަ އެސިސްޓެންޓް މެނޭޖަރަކު ހަމަ އެކަނި ކަރަންޓު ދޭންވީ ޕީއެންސީ އަށް ތާއީދު ކުރާ ގެތަކަށް ކަމަށް ބުނެ ދެއްކި ވާހަކަ އެ ޕާޓީއިން ކުއްވެރިކޮއްފިއެވެ.

އެރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުالله ރަޝީދު މިހެން ބުނެފައިވަނީ ރޭ ހއ. ދިއްދޫގައި ބޭއްވި ޕީއެންސީ ކެންޑިޑޭޓް އަބްދުލް ލަތީފް މުހައްމަދުގެ ކެންޕޭން ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.

އެނާ ބުނެފައިވަނީ ކަރަންޓު ދޭކަން ވެސް ނަސީބެއް ކަމަށާއި، ކަރަންޓު ދޫކުރަންވީ ގެތަށް ބަލާފައި ވަކިވަކިން ކަމަށެވެ.

“ކަރަންޓް ދޭކަން ނަސީބެއްނު. މި ގެތައް ބަލާފައި ވަކިވަކިން ކަރަންޓް ދޫކުރަންވީ. ސީދާ ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިހާބު ނިމެންދެން”  ޖަލްސާގައި ވާހަކަ ދައްކަމުން އަބްދުﷲ ރަޝީދު ބުންޏެވެ.

މިކަމާއި ގުޅިގެން ޕީއެންސީއިން އެކްސްގައި ޕޯސްޓު ކުރަމުން ބުނެފައިވަނީ ފެނަކަ ބްރާންޗް އެސިސްޓެންޓް މެނޭޖަރު އަބްދުالله ރަޝީދު ދެއްކި ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެދެއްކި ވާހަކައަކީ ރައީސް މުއިއްޒުގެ ސިޔާސަތުފުޅެއް ނޫންކަމަށް ބިނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-