-Advertisement-

-Advertisement-

ޔާމީންގެ ބޮޑު ތުހުމަތެއް ޕީއެންސީ އަށް

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރި ބައްދަލުވުމުގެ ތެރެއިން (2023) – ފޮޓޯ: ނިއުސްލެބް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެ މަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެ ވަޑައިގަތްނަމަ، އެ މީހުން ވެސް ހައްޔަރުކުރާނެ ކަމަށް ޔާމީން ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ޔާމީނަށް ވަފާތެރި އަންބަކު ނުވަތަ ދަރިޔަކު ވެސް ނެތް ކަމަށާއި އެ މަނިކުފާނަށްޓަކާ މަގުމަތީ މުޒާހަރާތަކުގައި ގުރުބާންވީ މިހާރު ޕީއެންސީގެ ލީޑާޝިފުގައި ތިއްބެވި ބޭފުޅުންކަމަށް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ޕީއެންސީގެ ލީޑާޝިޕުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާތީ އެކަމުގެ ރައްދުގައިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވާ ޔާމީން ރޭ ވަނީ މެޑަމް ފާތުމައަކީ ޕީޕިއެމްގެ ލީޑާޝިޕްގައި ނައިބު ލީޑަރެއްގެ މަގާމުގައި ހުރި މީހެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި، އެ މަނިކުފާނު ޖަލުގައި އެ އޮންނެވީ މީހެއްގެ ފިރިއަކަށް ވީތީތޯ ނުވަތަ ސިޔާސީ ލީޑަރަކަށް ވުމުންތޯ ވެސް ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން، ޔާމީން ވަނީ އަބްދުއްރަހީމްގެ އާއިލާ ބޭފުޅުންނަށް ސަރުކާރުން ވަޒީފާތައް ލިބުނީ މަގުމަތީގައި މުޒާހަރާ ކުރަން އުޅުއްވައިގެންތޯ ސުވާލު އުފައްދާފައެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕާޓީން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މި ހަރަކާތުގައި ޔާމީންގެ އެންމެ އަރިސްކޮށް އުޅުއްވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-