-Advertisement-

-Advertisement-

ޕީއެސްއެމުން ބޭނުންކުރި ސޮފްޓްވެއާއަށް 39،750 ޔޫރޯ ދައްކަން ހުކުމްކޮށްފި

ފޮޓޯ: ޑަބްލިއުޓީވިޒްން

ދައުލަތުގެ މީޑިއާ – ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަވަރޭޖުގައި ބޭނުންކުރި ސޮފްޓްވެއާއަށް 39،750 ޔޫރޯ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ކަވަރުކުރުމަށް 24 ގަޑިއިރަށް “އޮގްމެންޓެޑް ރިއާލިޓީ” ސޮފްޓްވެއާއެއް ވަނީ ވިސްޑަމް ޓެލެ ވިޒަން – އިންފޯމަޓިކޮސް ޕެރާ ޓެލެވިޒޯ އެލްޑީއޭ ނަމަކަށް ކިޔާ ކުންފުންޏެއް އަތުންވަނީ ކުއްޔަށް ނަގާފައިއެވެ. އަދި މި ސޮފްޓްވެއާ ބޭނުން ކުރުމަށް އެގެއްގެ ގޮތުގައި 72,500 ޔޫރޯ ކަމަށް އެއްބަސްވެ އެއްބަސްވުމުގައި އޮގަސްޓް 27, 2018 ސޮއި ކޮއްފައިއެވެ.

ވިސްޑަމް ޓެލެ ވިޒަން – އިންފޯމަޓިކޮސް ޕެރާ ޓެލެވިޒޯ އެލްޑީއޭގެ ފަރާތުން މިދިޔަ އަހަރު ފެބްރުއަރީ ގައި ދައުވަ ކޮއްފައިވަނީ އެއްބަސްވުމުގެ 50 އިންސަތަ – 36,250 ޔޫރޯ އާއި އެ ކުންފުނީގެ މުވައްޒަފުން ރާއްޖޭގައި ތިބި މުއްދަތު އިތުރުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ އަގުކަމަށްވާ 3،500 ޔޫރޯ އާއި އެކު ޖުމްލަ 39,750 ޔޫރޯ ޕީއެސްއެމްގެ އަތުން ހޯދުމަށެވެ.

ދައުވާއަށް ޖަވާބު ދެއްވަމުން ޕީއެސްއެމްއިން ބުނެފައިވަނީ އޮޅުވާލާއިގެން ގަންނަން ލިބޭ އަގައްވުރެ ބޮޑުކޮށް އެއްބަސްވުން ހަދާފައިވާ ކަމަށާއި ރާއްޖޭގައި ތިބި މުއްދަތު އިތުރުކުރުމަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ ކޮންޓްރެކްޓްގެ ރުކުންތައް ފުރިހަމަވެގެން އެކުލަވައިލެވޭ ކޮންމެ ކޮންޓްރެކްޓެއް ރަނގަޅު ނިޔަތުގައި ތަންފީޒުކުރުމަކީ އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމު ވެގެންވާ ކަމެއް ކަމަށެވެ.

ސިވިލް ކޯޓިން ހުކުމް ކޮއްފައިވަނީ ޕީއެސްއެމްގެ އަތުން ހޯދުމަށް ދައުވާކުރި ފައިސާގެ އަދަދުކަމަށްވާ 39،750 ޔޫރޯ, 1 މަސްދެރޭ ސިވިލްކޯޓަށް ދައްކައި ހަލާސްކުރުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-