-Advertisement-

-Advertisement-

މާލޭގެ ފިހާރައަކުން ފޯނެއް ވަގަށް ނެގި މީހަކު ފުލުހުން ހޯދަނީ

ފުލުހުން / ފޮޓޯ: ރައސިްއޮފީސް

މާލޭގެ ފިހާރައަކުން ފޯނެއް ވަގަށް ނެގި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން މި މީހާގެ ވީޑިއޯ އާންމުކޮށްފައިވާއިރު، ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މި މައްސަލައިގައި ހޯދާ މީހާ އަކީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި މަޖީދީ މަގުގައި ހުންނަ “ބަންކާ މޮބައިލް” ފިހާރައިން ފޯނެއް ވަގަށް ނަގާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

https://www.police.gov.mv/media/news/23123

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ އާންމުންގެ އެހީ އަށް އެދުނީކަމަށެވެ.

ފުލުހުން ވަނީ އާންމުކޮށްފައިވާ ވީޑިއޯގައި ހިމެނޭ މީހާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ނުވަތަ އިނގޭނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-