-Advertisement-

-Advertisement-

މިނިސްޓަރު އިހުސާންގެ އިތުރުން، ފުލުހުންގެ އިސްވެރިންތަކެއް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާކަމަށް އެ ކޯޓުން ތުހުމަތުކޮށްފި

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން، ފުލުހުންގެ އިސްވެރިންތަކެއް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާކަމަށް އެ ކޯޓުން ތުހުމަތުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، ހޯމް މިނިސްޓަރު އިހުސާނާއި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރު މަމްދޫހު ހަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކެނޑާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައާ މެދު ގޮތެއް ނިންމަން ބުރާސްފަތި ދުވަހުގެ 13:00 އަށް ގާޒީންގެ ކުއްލި މަޖިލީހެއް އެޖެންޑާކޮށްފައިވާ ކަމަށް އެ ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންތަކެއް ކްރިމިނަލް ކޯޓުން ދޫކޮށްލުމާ ގުޅިގެން ފުލުހުން މި މަހު ހަތަރުވަނަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ މައްސަލައިގައި ވަރަށް ގިނަ ތަފުސީލުތައް ހާމަކޮށްފައެވެ.

އެގޮތުން 2021ވަނަ އަހަރުގެ ޑިސެމްބަރު، 12 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި ހަތަރު މީހުން އެ މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަށް ކުރި މަސައްކަތް ފުލުހުން ހާމަކޮށް، އެ މައްސަލައިގައި ހިމެނޭ ގިނަ މީހުން ދޫކޮށްލުމާ ގުޅިގެން ފުލުހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މައްސަލައިގައި ހިމެނޭ އެންމެންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރި ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-