-Advertisement-

-Advertisement-

ނ، ރ، އަދި ބ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އާރްޓީއެލް ފެރީއެއް --

ނ، ރ، އަދި ބ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެެއްވީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީ މަރްޔަމް ޝަހާނާއެވެ. އަދި, އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އާރްޓީއެލްގެ ހިދުމަތަކީ މިހާރު ވެސް ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ދެމުން އަންނަ ހިދުމަތެއް ކަމަށާއި، މި މަސައްކަތް އޮތީ ހަ ޒޯނަކަށް ބަހައިލައިގެން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އަދި، އޭގެ ތެރެއިން މިހާރު ތިން ޒޯނެއްގައި އެ ޚިދުމަތް ފެށައިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރީ ސަރުކާރުގައި ފެށިފައި އޮތް ނަމަވެސް ފެށިފައި އޮތީ އެންމެ ރަނގަޅަށް އިންތިޒާމު ކުރެވިގެން ނޫން ކަމަށެވެ.

މިހާރު ރޫޓުތައް ހުރީ ވެސް ރައްޔިތުން އެންމެ ބޭނުންވާގޮތަށް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ  ކުރިއަށް އޮތް ދޮޅުމަސްތެރޭ ވަރަށް ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-