-Advertisement-

-Advertisement-

‎ހުޅުމާލެ ފޭސް 2 އަދި 3 ގައި މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި

ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އެޗްޑީސީގެ ފަރާތުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމްފަޒުލް ރަޝީދެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެޗްޑީސީން ބުނީ، އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކުރީ ހުޅުމާލެ ފޭސް 2 އިން 27،920 އަކަފޫޓުގެ ބިމަކާއި ހުޅުމާލެ ފޭސް 3 އިން 21،952 އަކަފޫޓޫގެ ބިމެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-