-Advertisement-

-Advertisement-

‎ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރައްވައިފި

ވަޒީފާ އާއި ބެހޭ ޓްރެބިއުނަލް އަށް މެމްބަރުން އައްޔަން ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅުންއައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއްބާއްވާފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ. ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޒް އިސްހާގު ހުސައިންއެވެ.

އަދި މީގެ އިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް އައްޔަންކުރައްވާފައި ވަނީ ޅ. ހިންނަވަރު، ހިޔާވަހި އަލްއުސްތާޒާ ފާތިމަތު މަހީރާމުހައްމަދެވެ

ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަންކުރައްވާފައިވަނީ ހުޅުމާލެ ހިޔާ 04-21-8 އަލްއުސްތާޒާ ޝަހީމާ ސަލީމާއި ގއ. ގެމަނަފުށި، ފެހިކުރިއަލްއުސްތާޒާ އިޝާރާ ޢަބްދުލްއަޒީޒު އަދި ދަފްތަރު. ނަންބަރު ދރ 265 އަލްއުސްތާޒާ ސައުސަން އަލީ އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒްޢަލީ ރަޝީދު ހުސައިނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-