އިންތިޚާބުތަކުގައި ވާދަކުރަށްވާ ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދުދީފި އެވެ.
އެފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެއިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެގޮތުން އެންޓި ކެމްޕެއިން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ތާއީދު ހޯދުމަށް މަސައްކަތް ކުރުމާގުޅޭ #Vihi24 pic.twitter.com/Ue5FhrJ3vn
— Elections Commission (@ElectionsMv) April 15, 2024
މީގެ އިތުރުން އެ ކޮމިޝަންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކެމްޕެއިންގެ އަމަލުތައް ހިންގާ ކަމަށާއި، އެގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކާއި ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަންލިބޭގޮތަށް މެސެޖުތައް ދައުރު ކުރަމުންދާ ކަމަށެވެ.
އީސީން މިފަދަ އިލްތިމާސެއް ކޮށްފައިވާއިރު މަޖިލީސް އިންތިޚާބު ބޭއްވުމަށް މިހާރު ހަމަ ޖެހިފައިވާ ދުވަހަކީ އަންނަ އާދީއްތަ ދުވަހެވެ.