-Advertisement-

-Advertisement-

ހީނާގެ ފާޑު ކިޔުން ކުރީ ސަރުކާރަށް

މި ސަރުކާރުން މަސައްކަތް ކުރަމުންދާނީ ހަލުވި ސްޕީޑުގައި ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްކަމަށާއި މި ސަރުކާރަކީ ކުރީގެ ރައީސް އިބްރާހީމްމުޙައްމަދު ޞާލިޙްގެ ސަރުކާރުފަދަ ސްލޯ ސަރުކާރަކަށް ނުވާނެކަމަށް ޕީއެންސީގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީއެންސީން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް  ބޭއްވި ނޫސްވެރިންގެބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ.

ހީނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ އެންމެ ސިކުންތެއް ވެސް މަޑުނުކުރައްވާ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށާއި، މިސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ފަސް ނުޖެހޭނެ ކަމަށާއި، ރައީސް މުއިއްޒުގެ ސަރުކާރަކީ ވަރަށް ފާސްޓް ސްޕީޑުގައި ކުރިއަށްދާންބޭނުންވާ ސަރުކާރެއްކަމަށެވެ.

ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދޭކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ހީނާ ރައްދު ދެއްވާފައިވާއިރު،ހީނާ ވިދާޅުވީ، މި ސަރުކާރު އައިސް، ކުރިން ހުއްޓިފައިވާ އެތައް މަޝްރޫއެއް ވާނީ ފަށާފައިކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-