ޑިމޮކްރެޓްސްގެ ދެ ކެންޑިޑޭޓަކަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންގޮސްފިއެވެ.
މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައި އެޕާޓީގެ ރައީސް ޙަސަން ލަތީފް ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައި ވާއިރު، ޙަސަން ވިދާޅުވީ އެޕާޓީގެ ޓިކެޓުގައިގުރައިދޫ ދާއިރާއަށް ވާދަކުރާ ލީލާ އިބްރާހިމް މަނިކާއި ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ފާތިމަތު ޒިލްމާއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ދެ ކެންޑިޑޭޓުންނަށް ކުރި ތާޢީދު ޑިމޮކްރެޓުން އަނބުރާ ގެންގޮސްފައިވަނީ އެ ދެ ކެންޑިޑޭޓުން އެ ދާއިރާތަކަށް ވާދަކުރަށްވާ ކޮންގްރެސް ޕާޓީގެކެންޑިޑޭޓުންނަށް ތާޢީދު ކުރެއްވުމަށް ނިންމަވާފައިވާތީއެވެ.
ޙަސަން ވިދާޅުވީ އެ ދެ ކެންޑިޑޭޓުންނަށް ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެކަން އެ ޕާޓީން ކުރާނެ ކަމަށެވެ.
އަދި މިހާރު ކުރިއަށް ދަނީ ދެ ކެންޑިޑޭޓުންނަށް ޕާޓީން ދީފައި އޮތް ތާއީދު އަނބުރާ ގެންގޮސްފައިވާކަން ޕަބްލިކަށް އަންގައިދިނުމުގެ މަސައްކަތް ކަމަށްޙަސަން ވިދާޅުވިއެވެ.