-Advertisement-

-Advertisement-

ކުޅުދުއްފުށިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

ކުޅުދުއްފުށި ސިޓީ -- ފޮޓޯ: އަބޫއިޝް

ކުޅުދުއްފުށި ސިޓީއަށް އިން ކަރަންޓު ކެނޑުމުގެ މައްސަލަ އިއްޔެ ހައްލުކުރި ފަހުން އަނެއްކާވެސް އެރަށުން ކަރަންޓި ކެނޑިއްޖެއެވެ.

އެ ސިޓީގައި ބޭނުން ކުރާ 7 ޖަނަރޭޓަރުގެ ތެރެއިން 3 ޖަނަރޭޓަރުގެ ކޮންޓްރޯލް މޮޑިއުލް ހަލާކުވެ އިއްޔެ ވަނީ މުޅި ރަށުން ކަރަންޓު ކެނޑިފައިއެވެ.

އިއްޔެ ސްޓެލްކޯގެ އެހީ އާއި އެކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަށް ފަހު ރަށައް ވަނީ ކަރަންޓިދީފައެވެ. ނަމަވެސް އަނެއްކާވެސް މިއަދު ހެދުނު ކަރަންޓި ކެނޑިފައިވާ ކަމަށް އެރަށުން މީޑިއާތަކާއި ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވެއެވެ.

ފެނަކާއިން މިހާރު ދަނީ އެކު ސަރަހައްދުތަކަށް އެއް ގަޑިއިރަށް ކަރަންޓު ކަނޑަން ނިންމާފެއެވެ. މުޅި ރަށަށް އެކޮށް ކަރަންޓު ދޫކޮއްފިނަމަ ލޯޑު މަތިވެ މުޅި ރަށުން ކަރަންޓު ކެނޑުން ވެސް އެކަށީގެންވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ރައްރަށުގެ ކަރަންޓު ކެނޑުމުގެ މައްސަލައަށް ވަހަކަދައްކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތެއް ސަރުކާރާއި ފެނަކަ ކުންފުނިން ކުރަމުން އަންނަކަމަށެވެ.

ރަމަޟާން މަހުން ފެށިގެން އެ ސިޓީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ދިމާވެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-