-Advertisement-

-Advertisement-

ނައްތާލަން ބޭނުންވާ ބާ މުސްހަފުތަކާއި ދީނީ ފޮތްތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަނީ

މާލެ ސިޓީ ކައުންސިލް

މާލޭ ސަރަހައްދުގެ ގެތަކުގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްހަފުތަކާއި، ގުރުއާނުގެ އާޔަތް ނުވަތަ ޙަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، މާލެ ސިޓީ ކައުންސިލާ ހަވާލު ކުރެވޭ ނިޒާމެއް ގާއިމު ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިގޮތަށް ލިޔުން ނައްތާލަން ނިންމައިފައިވަނީ ކޮންމެ އަހަރަކު ދެ ފަހަރު ކަމަށާއި، ފުރަތަމަ ފަހަރު، އެފަދަ ތަކެތި މާލެ ސިޓީ ކައުންސިލުގެ އިދާރާއަށް ބަލައިގަންނަން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މި މުއްދަތު އަންނަ މެއި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށެވެ.

މީގެއިތުރުން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް އެ ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުގައި މި ތަކެތި ބަލައިގަތުން ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-