-Advertisement-

-Advertisement-

348 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ފުލުހުން ޓޯ ކޮށްފައިވާ ވެހިކަލްތައް

އެކި ސަރަހައްދުތަކުން 348 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ގެޒެޓުގައި އާންމުކޮށްފައިވާ  އިއުލާންތަކެއްގައި ވަނީ ޖުމްލަ 348 އުޅަނދު އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން59 އުޅަނދަކީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފަ ހުރި އުޅަނދު ކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކުގެ ތެރޭގައި ކާރުތަކާއި ޕިކަޕުތަކާއި ސައިކަލުތަކާއި ވޭންތަކާއި ޖިޕްތަކުގެ އިތުރުންޓްރަކްތައް ހިމެނޭ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ގިނަ އަދަދެއްގެ އުޅަނދު އިންޑަސްޓްރިއަލް ވިލެޖް ކައިރިން ނަގާފައިވާއިރު ހުޅުމާލޭގެ ސަރަހައްދުތަކުންނާއި ބޮޑުތަކުރުފާނު މަގުގެ އިތުރުންއަތޮޅުތަކުގެ ރަށްތަކުން ވެސް އެ ޚިދުމަތަށް އުޅަނދުތައް ނަގާފައިވާ އެފަރާތުގެ އިއުލާންގައިވެއެވެ.

ފުލުހުން ވަނީ އިއްޔެ އިން ފެށިގެން އެ ޚިދުމަތަށް ނަގާފައިވާ އުޅަނދުތަކުގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި އަނބުރާ ގެންދިޔުމަށް އެދިފައެވެ.

އެ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް ގާނޫނުގެ ދަށުން ހަމަޖައްސާފައިވާ އުސޫލުގެ މަތިން އެ އުޅަނދުތައް ނައްތާލުމުގެމަސައްކަތް އެ ޚިދުމަތުން ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިހުރި އުޅަނދުތަކާއި ގިނަ ދުވަސްވެފައިހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މި މަހުގެ ފަސްވަނަދުވަހުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-