-Advertisement-

-Advertisement-

އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރު ވައްޓާލުމަށް: ރައީސް

ޕީޕީއެމް/ޕީއެންސީގެ އިވެންޓެއްގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ފަޔާޒް މޫސާ، މިހާރު

އެމްޑީޕީން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދައިގެން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ސަރުކާރު ވައްޓާލުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް މުހައްމަދު (އިބުޓީ) ގެ ކެމްޕޭން ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންވަނީ ބަދަލު ހިފުމުގެ ރޫހު ރާއްޖެއިން ނައްތާލަން ކަމަށާއި، ކުރީގެ ވެރިކަންތަކުން ވަނީ ސިޔާސީ ބޭނުމެއްގައި ރައީސުންނާއި މިނިސްޓަރުން ހައްޔަރުކޮށްފައި ކަމަށާއި އެ މަނިކުފާނުގެ ސަރުކާރުން އެފަދަ ކަންކަން ނުފެންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ވެސް ދައްކަނީ ރައްޔިތުން ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ބަދަލުކުރުމާއި އަޒުލުކުރުމުގެ ވާހަކަތައް ކަމަށެވެ.

ގާނޫނީ ހަމަތަކުގެ މަތިން ކޮންމެ ފަސް އަހަރަކުން ވޯޓު ލައިގެން ސަރުކާރު ބަދަލު ކުރެވޭނެ ކަމަށެވެ. ރައްޔިތުން ވަނީ އެ މަނިކުފާނާ ފަސް އަހަރު ތެރޭގައި ކުރުމަށް ޒިންމާތަކެއް ހަވާލުކޮށްފައި ކަމަށާއި އެހެންކަމުން އެ މަނިކުފާނުގެ ހުރިހާ ވެސް އަމާޒެއް ހުރީ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ކުރީ ސަރުކާރުން ފަށައިފައިވާ ވަަރަށް ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި ނަމަވެސް، މިހާރު އެ މަޝްރޫއުތަކުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އަދި އާ މަޝްރޫއުތަކެއްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ބިން ހިއްކުމާއި ބަނދަރު ހެދުމާއި އެއާ ޕޯޓު ހެދުމުގެ މަޝްރޫއުތައް އަލަށް ފަށައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-