ރޯގާގެ ގޮތުގައި ފެތުރޭ ގިނަ ބަލިތައް ފެތުރުނު މިންވަރު ފެބްރުއަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗެޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން ވެސް މިދިޔަ މަހު ވަނީ އިތުރުވެފައެވެ.
ޑެންގީގެ އަލާމާތްތައް:
- ފެބުރުވަރީ: 116 މީހުން
- މާރިޗު: 119 މީހުން
އަރިދަފުސް ރޯގާ ޖެހިގެން:
- ފެބުރުވަރީ: 29،184 މީހުން
- މާރިޗު: 33،637 މީހުން
ބޭރަށްހިންގުން ޖެހިގެން:
- ފެބުރުވަރީ: 5149 މީހުން
- މާރިޗު: 5428 މީހުން
ބަލިތައް އިތުރުވެފައިވީ ނަމަވެސް، އެޗްޕީއޭއިން ބުނީ މިދިޔަ މަހު އިންފްލުއެންޒާ ފެތުރުނު މިންވަރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން، ފެބްރުއަރީ މަހު 31 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާއިރު، މާޗު މަހު ޕޮޒިޓިވްވީ 26 މީހުންނެވެ.
ރޯގާތައް ފެތުރުން އިތުރުވެފައިވާއިރު، ބަލިތަކުން ސަލާމަތްވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.