-Advertisement-

-Advertisement-

ގެދޮރިވެރިޔާ ސްކީމްދަށުން އަޅާ 4000 ފެލްޓް ނިންމުމަށް 454 މިލިއަން ރުފިޔާ އަދި ބޭނުންވޭ: ފަހި ދިރިއުޅުން ކޯޕަރޭޝަން

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ހަދަމުންދާ ފުލެޓުތަކެއް – ފޮޓޯ: މިހާރު

ނިމިދިޔަ ސަރުކާރުން ހަދަން ފަށާފައިވާ 4000 ފުލެޓްގެ މުހިއްމު ވަސީލަތްތަކަށް އިތުރު 454 މިލިއަން ބޭނުންވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ޕޯސްޓުކުރަމުން ހަމްދާން ވިދާޅުވީ މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާ ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕީއޯއެން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ފަދަ މުހިންމު ވަސީލަތްތައް ހިމަނާފައި ނުވާ ކަމަށެވެ.

އެހެން ކަމުން އެކަމަށް އިތުރަށް ބޭނުންވާ 454.5 މިލިއަން ހޯދުމުގެ މަސައްކަތް ސަރުކާރާ ގުޅުގެން ކުރަމުން އަންނަ ކަމަށެވެ.

4000 ފްލެޓް ހިމެނޭ 32 ޓަވަރު ދަނީ ހަދަމުންނެވެ. 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ކުންފުނިއަށެވެ. އަނެއް 2000 ޕްލެޓް ހަދަމުންދަނީ އިންޑިއާގެ އެންބީސީސީ ކުންފުނިންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-