-Advertisement-

-Advertisement-

ކުޅުދުއްފުށީ ފެނަކަ މުވައްޒަފުންތަކެއް ސަސްޕެންޑް ކޮއްފި

ކުޅުދުއްފުށި ސިޓީ -- ފޮޓޯ: އަބޫއިޝް

ކުޅުދުއްފުށި ސިޓީގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި އެވެ. މި މި ސިޓީގައި ކަރަންޓް ކެނޑުމުގެ މައްސަލަ މި ފަހުން ވަރަށް ބޮޑަށް ވަނީ ދިމާވެފައިއެވެ.

މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ދެ ހަފުތާ އަށް 3 މުވައްޒަފުން ސަސްޕެންޑްކޮށްފައިވާއިރު، އޭގެ ތެރޭގައި ކުޅުދުއްފުށީ ބްރާންޗްގެ މި ވަގުތު އިސްވެރިއަކަށް ހުންނެވި އަބްދުލް ހަމީސް އިބްރާހިމް ވެސް ހިމެނެ އެވެ.

އޭނަގެ ސަސްޕެންޑްކޮށް ބްރާންސޗްހިންގުން މިހާރު ހަވާލުކޮށްފައި ވަނީ ބްރާންޗްގެ މެނޭޖަރުގެ މަގާމުގައި ހުންނެވި މަމްދޫހު އަލީއާ އެވެ.

ކުޅުދުއްފުށީ ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ސަސްޕެންޑްކުރިކަން އެ ކުންފުނިން ވެސް މިއަދު ކަށަވަރުކޮށް ދީފައިވާއިރު،  އެ މީހުން ސަސްޕެންޑްކުރީ ގިނަ މައްސަލަތަކާ ގުޅިގެން ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް މައްސަލައް ބަލަމުންދާތީ އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށް ފެނަކައިގެ މެނޭޖްމަންޓުން ބުނެފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-