-Advertisement-

-Advertisement-

ވޯޓްލާ ވަގުތު 5:30 އަށް އިތުރުކޮއްފި

އިލެކްޝަން ކޮމިޝަނުންގެ މެންބަރުން (ފެބްރުއަރީ 2024) – ފޮޓޯ: އެލެކްޝަން ކޮމިޝަން / އެކްސް

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓްލާ ވަގުތު ހަވީރު 5:30 އާ ހަމައަށް އިތުރުކުރަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އީސީގެ ބައްދަލުވުމުގައި މިއަދު ނިންމާފައިވަނީ ވޯޓްލާ ވުގުތަކީ ހެދުނު 8 އިން ހަވީރު 5:30 އަށް ކަމަށެވެ. މިބަދުލެ ގެނެސްފައިވަނީ ގައުމީ ލަފާދޭ ކޮމިޓީގެ ލަފަޔާ އެކުގައިއެވެ. އެގޮތުން އިއްޔެ ބޭއްވުނު ގައުމީ ލަފާދޭ ކޮމިޓީގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށް ވާތީ ވޯޓުލާ ދުވަހު ވޯޓުލާ ގަޑިއަށް އިތުރު ބަދަލެއް ގެނައުމުގެ ބަދަލުގައި މިހާރު އެކަމަށް ބަދަލެއް ގެނައުމާމެދު ޤައުމީ ލަފާދޭ ކޮމިޓީން ގޮތެއް ނިންމަވައިދެއްވުން އެދޭ ކަމަށެވެ. އަދި ކޮމެޓީގެ ގިނަ ބައެއްގެ ތާއީދާއެކު ވަނީ ވަގުތު އިތުރުކުރުމަށް ފާސްކޮއްފައިއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބަކީ ބޮޑު އިންތިހާބެކެވެ. 93 ދާއިރާއަށް 368 ކެންޑިޑޭޓަކު ވާދަކުރެއެވެ. 284,327 މީހަކަށް މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ.

ކުރިން އިންތިހާބުގެ ވަގުތަކަށް ހަމަޖަސާފައިވަނީ ހެދުނު 8 އިން ހަވީރު 4:30 އަށެވެ.

ރައްޔިތުން މަޖިލިސް އިންތިހާބު އޮންނާނީ 21 އޭޕްރީލް ވާ އާދީއްތަ ދުވަހުގައި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-