-Advertisement-

-Advertisement-

ކުރިއަށް އޮތް 24 ގަޑި އިރު މޫސުން ގޯސްވާނެ – މެޓް އޮފީސް

މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލެ މަގުމަތީގައި ފެން ބޮޑުވެފައި – ފޮޓޯ: ނިއުސްލެބް

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ.

ވާރޭ ވެހުނު ކަމުގައި ވިޔަސް ވައި މަޑުވާނެ ކަމަށާއި ވައި ޖެހޭނީ 5 މޭލާއި 15 މޭލުގެ ބާރުމިނެއްގައި ކަމަށް މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށް އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓުން ބުނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން ދަނީ ދެމޫސުން ބެދޭތީ ކުރާ ވިއްސާރައެއް ކަމަށެވެ.

އެފަރާތުން ވަނީ މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކުރައްވާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-