-Advertisement-

-Advertisement-

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ދެ މެންބަރަކު އައްޔަންކުރައްވައިފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އައްޔަނު ކުރެއްވި ބޭފުޅުން

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ މެންބަރަކު އައްޔަނުކުރައްވައިފިއެވެ.

އަލަށް މަގާމަށް އައްޔަނުކުރެއްވި ދެ ބޭފުޅުންނަކީ ޑރ. މޫސާ އަންވަރު ޙަސަނާއި ޑރ. ޢަލީ ޒާހިރެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، އެ ދެ މެންބަރުން ފަތުވާ މަޖިލީހަށް އައްޔަންކުރައްވާފައިވަނީ މިދިޔަ މަހުގެ 18 ގައި ކަމަށެވެ. ފަތުވާ މަޖިލީހަކީ ފިގުހީ ކަންކަމުގައި ރައުޔު ނެރުމަށް އުފައްދާފައިވާ މަޖިލީހެކެވެ. އެ މަޖިލީސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
ޒާހިރު މަގާމަށް އައްޔަނުކުރެއްވީ، ޤައުމީ ޔުނިވާސީޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރެއްގެ ގޮތުގައި ކަމަށާއި މޫސާ އަންވަރު އައްޔަނުކުރެއްވީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންއައި ފިގުހު އެކެޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-