-Advertisement-

-Advertisement-

ބްރޭކިން: ރައީސް ޔާމީން މިނިވަން ވެއްޖެ

ރައީސް ޔާމީން -- ފޮޓޯ: ނިއުސްލެބް

ކުރީގެ ރައީސް ޔާމީން މައްޗަށް ސާބިތުވި ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން ކްރިމިންލް ކޯޓިން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓިން ބާތިލްކުރުމުން އެމަނިކުފާން މިނިވަން ވެއްޖެއެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022ގައެވެ. އެއީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވުމުންނެވެ.

ދަށުކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް އެމައްސަލައިގެ އަޑުއެކުން ނިންމާފައިވަނީ މިދިޔަ އަހަރު ނޮވެންބަރ މަހުގެ 21 ވަނަ ދުވަހުގައިއެވެ. މައްސަލައިގެ އަޑު އެހުންތައް ނިމަ ހުކުމް އިއްވުމަށް ގިނަދުވަސް ތައެއް ވެގެންދިއުމުން ރައީސް ޔާމީންއަށް ތާއިދުކުރާ ފަރާތްތަކުން ދިޔައީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ސަރުކާރުގެ ނުފޫޒުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމެންދެން ލަސްކުރަމުންދާކަމަށް ވަނީ ތުހުމަތު ކޮއްފައެވެ.

މިއަދުގެ ހުކުމާއި އެކު ރައީސް ޔާމީންއަށް ކޮއްފައިވާ 11 އަހަރުގެ ޖަލު ހުކުމުން އެ މަނިކުފާނު މިނިވަންވީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-