މިއަހަރު ނިމުމުގެ ކުރިން އެއާ އެމްބިއުލާންސްގެ ހިދުމަތަށް ހެލިކޮޕްޓަރެއް ގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފުވައްމުލަކު ސިޓީއަށް މިރޭ ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އެންމެ މުހިންމު ވައުދަކީ ބޭރުގެ ސިފައިން ފޮނުވާލުން ކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އެ ވައުދު މިހާރު އެދަނީ ފުއްދެމުން ކަމަށާއި ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން މެއި މަހުގެ 10 ފަހުން ނުތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެއީ އަޅުގަނޑުމެންނަށް ހާސިލްވެގެންދިޔަ ކާމިޔާބެއް. މިހާރު އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަގުމަތީގައި މި އުޅެނީ. އެކަން އެހިސާބުން ނިމުނީއެއް ނޫން. އަދި އަޅުގަނޑުމެންގެ ފްލީޓް ބޮޑު ކުރާނަން، ބޮޑު ކުރުމުގެ ޕްލޭން މިއޮތީ. އެއަށް އަޅުގަނޑުމެން އިތުރު ކުރާނަން އިތުރު މަތިންދާ ބޯޓް ތަކާއި ހެލިކޮޕްޓަރުތަކާ. މިއަހަރު ނިމުމުގެ ކުރީގައި ހެލިކޮޕްޓަރެއް މެޑިކަލް އިވެކުއޭޝަނަށް ހާއްސަ ކުރެވިފައިވާ ހެލިކޮޕްޓަރެއް ގެނެވޭނެ،” ރައީސް
ރައީސް ވިދާޅުވީ މީހަކު ބަލިވެއްޖެ ނަމަ، މީގެ ކުރިން އެދެން ޖެހިފައިވަނީ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް ކަމަށާއި ނަމަވެސް މިހާރު އަމިއްލައަށް ކުރެވޭނެ މަގު ފަހިކުރެވިފައިވާ ކަމަށެވެ.