-Advertisement-

-Advertisement-

ޔާމީނުގެ މައްޗަށް ކުރި ހުކުމް ބާތިލު ކުރުމުން އެނގިގެންދަނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާކަން: އަބްދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: ވަން

ޔާމީނުގެ މައްޗަށް ކުރި ހުކުމް ބާތިލު ކުރުމުން އެނގިގެންދަނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން މިނިވަންވުމުން ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާކަމަށެވެ.

“ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއްވައިފީމު. ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާ އެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު،” އަބްދުއްރަހީމް 

ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމި ފަސް މަސް ފަހުން މިއަދު ވަނީ އެ މައްސަލައިގައި ހުކުމްކޮށްފައެވެ. ހައި ކޯޓުން އެ މައްސަލައިގައި ހުކުމްކުރީ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުންކުރި ހުކުމް ބާތިލު ކުރުމަށާއި އަލުން އެ މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށެވެ.

ޖަލު ހުކުމްތައް ބާތިލުކުރުމުން، ހައި ކޯޓުގެ ބޭރުގެ ހުންނަވައި ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނު މިނިވަންވުމުން ރައީސް މުއިއްޒަށް، އަބްދުއްރަހީމް ޝުކުރު އަދާކުރެއްވުން އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ލުއި ލިބުނު ފަރާތުގެ ހައިސިއްޔަތުން އެ ލުއި ލިބުނީ ރައީސް މުއިއްޒާއި ސަރުކާރުގެ އިހުސާންތެރިކަމުގެ ސަބަބުން ކަމަށް ނޫން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-