-Advertisement-

-Advertisement-

ހއ. ކެލާއިން އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ހިދުމަށް ފެށުމަށް ފަހުމުނާމާގައި ސޮއި ކޮއްފި

ފަހުމުނާމާގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ޑީއެންއާރ / އެކްސް

ހއ. ކެލާއިން އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަށް ފެށުމަށް ދާހިލީ ވުޒާރާ އާއީ ހއ. ކެލާ ކައުންސިލް އާއި ދެމެދުގައި ފަހުމުނާމާގައި ސޮއި ކޮއްފިއެވެ. ދާހިލީ ވުޒާރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އުސްތާޒު އަހުމަދު ސިއްދީގުއެވެ.

އެކްސްގައި ޕޯސްޓް ކުރަމުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރ) އިން ބުނެފައިވަނީ މިއަދު މި ސޮއި ކުރެވުނު ފަހުމުނާމާއަކީ ސަރުކާރުގެ ހިދުމަތްތަށް ފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ފޯރުކޮއްދިނުމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އައިޑީ ކާޑުގެ އިތުރުން ދިވެހި ޕާސްޕޯޓުވެސް ރާއްޖޭގެ ސިޓީތަކާއި, އަތޮޅު ރައްތަކުން ހެދޭނެ ނިޒާމެއް ގާމިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިއަދު މި ސޮއި ކުރެވިގެންދިޔަ ފަހުމުނާމާ އާއި އެކުގައި ހއ. ކެލާ ވެގެންދާނީ މާލެ ފިޔަވާ އައިޑީ ކާޑި ޕްރިންޓު ކުރުމުގެ ހިދުމަތް ދޭ ފުރަތަމަ ރަށަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-