-Advertisement-

-Advertisement-

އަލް ބުރޫޖް ގްރޫޕުން އުމްރާއަށް ދިޔަ މީހުން އަންނަނީ މިމަހު 26 ގައި

އަލް ބުރޫޖް ގްރޫޕްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ 39 މީހުން މިމަހު 26 ގައި ރާއްޖެ އަންނާނެކަން އެ ގްރޫޕުން ހާމަކޮށްފިއެވެ.

އަލްބުރޫޖް ހޯލްޑިންގްސް ޕްރައިވެޓް ލިމިޑެޓްގެ ހަވާލުގައި މި ރަމަޟާންމަހު ޢުމްރާއަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެ އަންނަން ހަމަޖެހިފައިވާ ދުވަހަށްނާދެވުނު މީހުން މާލެ އައުމަށް ފުރަން ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހުގެ ރޭގެ 10:00 ގައި ސަޢޫދީ އެއަރލައިންސްގައެވެ.

އެމީހުން ރާއްޖެ އަންނަން ހަމަ ޖެހިފައި އޮތް ދުވަހު ނާދެވުނީ ޗެކިން ގަޑި ނިމިގެން ޗެކިން ކައުޓަރުތައް ބަންދު ވީއިރުވެސް ކައުންޓަރުތަކާއި ހިސާބަށްނުދެވި ފްލައިޓް މިސްވުމުގެ ސަބަބުން އެމީހުންނަށް ވަނީ ސައުދީގައި މަޑުކުރަން ޖެހިފައެވެ.

މިއީ ބަސް ދަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދޭ އެޖެންޓު ވަގުތުގެ ކުރިން ހޮޓަލުން ޗެކްއައުޓްވެ އެއަރޕޯޓަށް ދިއުމަށް ހަމަޖެހިފައިވާ ބަސްތައްނުފޮނުވުމުގެ ސަބަބުން ދިމާވި ކަމެއްކަމަށް ގްރޫޕްގެ ފަރާތުން އުމްރާވެރިން ތިބޭ ގްރޫޕްގައި ވަނީ ބުނެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-