-Advertisement-

-Advertisement-

އަވަހަށް ވޯޓް ލުމަށް ފުއާދް އެދިވަޑައިގެންފި

އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން /ފޮޓޯ: އީސީ

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ  ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ތައްޔާރީތައް ނިމިފައިވާ ކަމަށާއި މިފަހަރު ވެސް ވޯޓު ލާ ވަގުތު އިތުރު ނުކުރާނެ ކަމަށްއިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.

އީސީ އިން އެހެން ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސްފުއާދެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަނުން ނިންމާފައިވާ ގޮތަށް 5:30 ގެ ފަހުން އެއް މިނެޓު ވިޔަސް، ވޯޓުލާން އިތުރު ފުރުސަތެއް ނުދޭނެ ކަމަށާއި އެހެންކަމުން ގަޑިއަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓު ނިމެން ކައިރިވުމުން ވޯޓު ލާ ގަޑި އިތުރު ކުރި ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އީސީން ނިންމާފައިވަނީ އެއްގޮތަކަށް ވެސް ވަގުތު އިތުރު ނުކޮށް ކުރިން އިއުލާންކޮށްފައި އޮތް ވަގުތަށް ވޯޓު ނިންމުމަށެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،337 މީހަކަށް ލިބެ އެވެ. އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-