-Advertisement-

-Advertisement-

‎ކައިޒީން މިފަހަރު ހައިކޯޓަށް

މަޝްހޫރު ސޯޝަލް މީޑިޔާ އިންފްލޫއެންސާ ކައިޒީން

ދޯންޏެއްގެ މިލްކުވެރިކަމުގެ މައްސަަލައެެއްގައި ރާއްޖޭގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލޫއެންސާ ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާދެކޮޅަށް ކުރި ދައުވާ ނާކާމިޔާބުނުވުމުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ބައްޕަ، އިބްރާހިމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ކައިޒީން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ބުނެ ދައުވާކުރީ އެ ބޯޓު ކައިޒީންގެ ނަމަށް ބަދަލު ކުރުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ކުރި ހުކުމްގައި ބުނެފައިވަނީ، ކައިޒިންގެ ބައްޕަގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބޯޓަކީ ކައިޒީންފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތު ނުވާކަމަށެވެ.

ސަަބަބަކީ އެއީ އެ ބޯޓު ގަތުމަށް ކައިޒީން ފައިސާ ދިން ގޮތާއި އަދަދާ މެދު ހެކިވެރިޔާގެ ހެކި ބަހުގައި ވެސް ފުށުއެރުންތަކެއް ހުރުމުން ހެކިވެރިޔާއާ މެދު ސުވާލު އުފެދޭތީކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ކައިޒީން އެދުނު ގޮތަށް އެ ބޯޓުގެ މިލްވެރިފަރާތަކީ އޭނާ ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށެވެ.

މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް މައްސަލަ ބަލައިގަތުމާމެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-