ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގައި ވޯޓު ދެއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު ވޯޓު ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ.
ވޯޓުލެއްވުމަށް ފަހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނީ އަސާސީލިބިދީފައިވާ ހައްގެއް ކަން ފާހަގަ ކުރައްވައި އެ ހައްގުގެ ބޭނުން ހިފައި ވޯޓުލުމުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
މިހާރު ވޯޓު ލުން ކުރިއަށްދާ ރައްޔިތުންގެ މަޖިލިީހުގެ އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަ ޖެހިފައިވާއިރު، އެދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެއެވެ.