-Advertisement-

-Advertisement-

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން – ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ:

  1. މ. ރުބިކަން އަހްމަދު ނަޒީފް ނިޔާޒް (31 އ)
  2. ހ. މެހެލިގެ އިބްރާހިމް ހަލީލް (43 އ)
  3. ގ. ގޮއިދޫގެ ހަސަން ޝާފިއު (41 އ)

ފުލުހުން ބުނީ މިތިން މީހުން ހައްޔަރު ކުރި އެޕާޓްމަންޓްގެ ތެރެއިން ކިލޯއަކަށް ވުރެ ގިނަ ކެނަބިސް ފެނިފައި ކަމަށާއި އަދި ބަނގުރާ ހުސްކުރި ފުޅިއަކާއި މަސްތުވާތަކެތި ބަންދުކުރާ ސާމާނުވެސް މިތަނުން ފެނިފައިވާ ކަމަށެވެ.

ކޯޓުގައި އިބްރާހިމް ހަލީލް ވަނީ އެޕާޓްމަންޓުން ފެނުނު ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ބުނެފައެވެ. މިތިން މީހުންގެ ތެރެއިން އިބްރާހީމް ހަލީލްގެ ބަންދަށް ކޯޓުން ދީފައިވަނީ 30 ދުވަހެވެ. ހަސަން ޝާފިއު އާއި އަހްމަދު ނަޒީފްގެ ބަންދަށް ކޯޓުން ދީފައިވަނީ 20 ދުވަހެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-