-Advertisement-

-Advertisement-

ދިވެހި ވިޔަފާރިވެރިންނަށް ތިލަފުށިން ބިން ވިއްކުން އަންނަ ހަފްތާގައި

އެޗްޑީސީގެ އެމްޑީ ފަޒުލް. ފޮޓް؛ ރައްޔިތުންގެ މަޖިލިސް

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދިވެހި ވިޔަފާރުވެރިންނަށް ތިލަފުށިން ބިން ވިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިހެން ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ކޮމްޕްލެކްސް އެއް ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށް އޮތް ތަނުގައި ތިލަފުށީގައި ލޭންޑް ސެލްތަކެއް ގާއިމް ކުރައްވާނެ ކަމަށާއި، ދިވެހި ވިޔަފާރިވެރިންނަށް މި ސެލްތައް ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ އެޗްޑީސީގެ އަމާޒަކީވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިކަތަށް ސަސްޓެއިން ކޮށްގެން ވިޔަފާރި ހިންގޭނެ ގޮތް ހެދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބިން ވިއްކުމުގެ ބޭނުމަކީ ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދާ ދިނުން ކަމަށާއި، މެނޭޖްމަންޓް ފީއެއް ދެއްކުމުގެ އިތުރުން ކުއްޔަށް ނަގައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހި ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-