-Advertisement-

-Advertisement-

އޯލެވެލް އިމްތިހާން ފަށައިފި, މިފަހަރު އިމްތިހާނު ހަދަނީ 7501 ދަރިވަރުން

މި އަހަރުގެ އޯލެވަލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ރާއްޖޭގެ އޮންލައިން މީޑިއާތަކަށް މައުލޫމާތް ދެއްވަމުން ބުނެފައިވަނީ މިއަހަރު އޯލެވެލް އިމްތިހާނު ހަދަނީ 7501 ދަރިވަރުން ކަމަށެވެ. އަދި އެސްއެސްސީ އިމްތިހާނުގައި 7133 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

މިއަހަރުގެ އެސްސީސީ އަދި އޯލެވެލް އިމްތިހާނު މިއަދުން ފެށިގެން ޖޫން 13 އާއި ހަމައަށް ކުރިދާ އިރުގައި ޖުމްލަ 60 އިމްތިހާން ކަރުދާހެއް 256 ސެންޓަރެއްގައި ކުރިޔަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ ވަނީ މައުލޫމާތުދީފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް ބަދަލު ގެނެސް، އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މަޖުބޫރު ހަތަރު މާއްދާތަށް ކަމުގައި ކަނޑައަޅައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-