-Advertisement-

-Advertisement-

ދުވާފަރު ދާއިރާގެ ވޯޓްފޮށި އަލުން ގުނަންޖެހޭ ސަބަބެއް ނެތް: އީސީ

އެލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު – ފޮޓޯ: އަވަސް

އިއްޔެ ދުވާފަރު ދާއިރާގެ ވޯޓްފޮށި އަލުން ގުނަން ހުށައެޅިކަމުގައި ވިޔަސް އެ ފޮށި އަލުން ގުނަން ޖެހޭ ހާލަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރ. ދުވާފަރު ފޮށި ގުނަން އަލުން ހުށައެޅީ އިންތިހާބު 4 ވޯޓިން ނާކަމިޔާބުވި އަމިއްލަ ގޮތުންވާދަ ކުރެއްވި އިބްރާހިމް އަބްދުއްރަހްމާންއެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު މަޖިލީސް އިންތިހާބުގައި ދުވާފަރު ދާއިރާއަށް 4 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އެ ދާއިރާ އަށް 3479 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ވޯޓްލި 2841 މީހުންގެ ތެރެއިން 1074 ވޯޓް ހޯއްދަވައި މި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު އަލީއެވެ.

4 ވޯޓްގެ ތަފާތުން ބަލިވި އިބްރާހިމް އަބްދުއްރަހްމާން އެ ފޮށިގުނަން ހުށަހެޅުމާ ގުޅިގެން އީސީ އިން ބުނީ ފަރަގު ކުޑަވުމުގެ ސަބަބުން ވޯޓު އަލުން ގުނުމަށް އެދި ހުށަހަޅާފައިވީ ނަމަވެސް މިހާތަނަށް ބެލިބެލުމުން އެ ފޮށި އަލުން ގުނަން ޖެހޭ ހާލަތެއް ފެންނަން ނެތް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-