-Advertisement-

-Advertisement-

ސައުދީގައި ރާ ފިހާރައެއް ހުޅުވުން. އަސްލު މި ވީ ކިހިނެއް؟

މި ހަފްތާގައި އެންމެ ގަދަޔަށް މީސް މީޑިޔާގައި ފެތުރެމުންދާ އެއް ވާހަކަ އަކީ ސައުދީގެ ރިޔާދުގައި ރާ ފިހާރަޔެއް ހުޅުވި ވާހަކައެވެ. އަދި ސައުދީގައި ރާ ވިއްކުން މަނާ ކޮށްފައި އޮންނަތާ އެތައް އަހަރުތަކެއް ފަހުން ރާ ވިއްކުން ހުއްދަ ކުރި ވާހަކަ އެވެ. އަދި މިނޫނަސް އެކި އިބާރާތްތަކުން މިވާހަކަ މީސް މީޑިޔާގައި ފެތުރިފައި ވެއެވެ.

ސައުދީގެ މަސްދަރުތައް ބުނާ ގޮތުން ފާއިތުވި އަހަރުތަކުގައި ސައިދީއަށް އައިސް އުޅޭ އެކި އެމްބަސީ ތަކުގެ ޑިޕްލޮމެޓުން ސައިދީއަށް ގަވާއިދާއި ހިލާފަށް ރާ އެތެރެކުރާކަން ސައުދީގެ ކަމާބެހޭ ފަރާތް ތަކަށް ވަނީ ރިޕޯޓްކުރެވިފައެވެ. އަދި މިފަދަ ބުއިންތަށް ކޮންޓްރޯލެއް ނެތި ޑިޕްލޮމެޓުންނަށް އެތެރެކުރުން ހުއްޓުވުމުގެ ބޭނުމުގައި މި އަހަރު ޖެނުއަރީ މަހުގައި ވަނީ ޑިޕްލޮމެންޓުންނަށް ހާއަސަކޮށްގެން ސައުދީގެ ރިޔާދުގައި ހުންނަ ޑިޕްލޮމެޓިކް ކޮއާޓަރ (ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކާއި އެމްބަސީތައް ހުންނަ ތަނު) ގައި ރާ ވިއްކާ ފިހާރައެއް ހުޅުވާފައެވެ.

މިތަނުން ހިދުމަށް ލިބިގަތުމަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވެއެެވެ. އެގޮތުން މިތަނަން މުސްލިމް ޑިޕްލޮމެޓުންނަށް ރާ ވިއްކުން މަނާކޮށްފައި ވާ އިރު މިތަނަށް އަންނަ ޣައިރު މުސްލިމް ޑިޕްލޮމެޓުންގެ އަތުގައި ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނަން ޖެހެއެވެ. އަދި ރަލުގެ ބާވަތްތަށް ކަމުގައިވާ ސްޕިރިޓްސް، ވައިން އަދި ބިޔަރުގެ ކަޑައަޅެފައިވާ ވަކި މިންވަރައް ގަތުމަށް ރަޖިސްޓްރީ ކުރަން ޖެހެ އެވެ.

1961 ވަނަ އަހަރުން ފަށައިގެން އަމަލު ކުރަމުން އަން ރަލުގެ ޤަވާއިދާށް އަދި ވެސް ސައުދީން އަމަލު ކުރަމުން ދެއެވެ. އަދި ސައުދީގައި ރާ ބުއިމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަކީ ހަރުކަށި އަދުބުތަކެއް ކަނޑައަޅާފައިވާ ކުށްތަކެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-