-Advertisement-

-Advertisement-

ހީނާމާގޭ ޕާކިން އަށް ކުނި އެޅި ބަޔަކު ޖޫރިމަނާ ކޮށްފި

ހީނާ މާގޭ ޕާރކިންގ އަށް ބަޔަކު މީހުން އަޅާފައިވާ ކުނި

ހީނާމާގޭ ޕާކިން އަށް ކުނި އެޅި ބަޔަކު ޖޫރިމަނާ ކޮށްފިއެވެ.

އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެކްސްގައި ވީޑިއޯއެއް އާންމު ކުރުމަށް ފަހު ބުނެފައިވަނީ ހީނާމާގޭ ޕާކިންއަށް ކުނި އެޅި ބައެއް ފަރާތްތަށް ވަނީ ފާހަގަ ކުރެވި ޖޫރިިމަނާ ކުރެވިފައި ކަމަށެވެ.

އަދި ތިމާ ދިރިއުޅޭ ވެށި ސާފުކޮށް ބޭއްވުމަކީ ހުރިހާ ފަރާތްތަކުގެ ވެސް ޒިންމާއަކަށް ހަދަން ވެސް ކައުންސިލުން ގޮވާލާފައިވެއެވެ.

އެ މައުލޫމާތާއެކު ސިޓީ ކައުންސިލުން ހިއްސާކުރި ވީޑިއޯއިން އެ ޕާކިންގެ ތެރެއަށް ބަޔަކު ކުނި އަޅާ މަންޒަރު ފެނެއެވެ.

މާލެ ތެރެއަށް ކުނި އަޅާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައަކަށްވެފައިވާއިރު މި މައްސަލައާ ގުޅިގެން ގިނަ ބަޔަކަށް މީގެ ކުރިންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

ރޯދަ މަހަށް ގޭގޭގައި ހުރި ފަރުނީޗަރު އާކުރުމަށް ގޭގޭގައި ގެންގުޅެމުންދިޔަ ފަރުނީޗަރުތައް މަގުމައްޗަށް ނެރެ މާލޭގެ މަގުތައް ގޮނޑުކުރިއެވެ.

އަދި އެ ކުނި ތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ ކޮށްފައެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން އެނގިއްޖެނަމަ ސިޓީ ކައުންސިލާއި ފުލުހަށް ރިޕޯޓު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-