-Advertisement-

-Advertisement-

މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ފަށައިފި

މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒު ވޯޓް ލައްވައިފި. ފޮޓޯ: ދިޔަރެސް

މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ފަށައިފިއެވެ.

އީސީ އިން ބުނީ  ރަސްމީ ނަތީޖާ އިއުލާންކުރަން ފެށީ އިންތިހާބާ ގުޅިގެން ބޮޑު މައްސަލައެއް ދިމާވެފައި ނުވުމާއި، އަދި އަލުން ވޯޓު ފޮށްޓެއް ގުނަަން ޖެހޭ ހާލަތެއް މެދުވެރިވެފައި ނުވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން މާލޭގައި 181 ވޯޓު ފޮށި އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓާފައިވާއިރު ވިލިމާލޭގައި ބަހައްޓާފައި ވަނީ 9 ވޯޓު ފޮއްޓެވެ.

އަދި އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު ޖަލުތަކުގައި 5 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެއިތުރުން ރިސޯޓްތަކުގައި ބަހައްޓާފައިވާ 34 ވޯޓު ފޮށީގެ އިތުރުން ރާއްޖެއިން ބޭރުގައި 3 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.

އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީއިންނެވެ. ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 71 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-