-Advertisement-

-Advertisement-

ސިއްރުން އެމެރިކާއިން ދިން ދުރުރާސްތާ މިސައިލް ރަޝިއާ އާ ދެކޮޅަށް ބޭނުން ކޮށްފި

މިސައިލް --

ރަޝިއާ ދެކޮޅަށް ޔޫކްރައިން ވަރުގަދަ ކުރުމަށް އެމެރިިކާ އާއި ހުޅަނގުން ފޯރުކޮށްދެ ހަތިޔާރުގެ ތެރެއިން އާންމު ކޮށް އިއުލާން ކުރުމެއް ނެތި ސިއްރުން އެމެރިކާއިން ދިން ދުރުރާސްތާ މިސައިލް ރަޝިއާ އާ ދެކޮޅަށް ބޭނުން ކޮށްފިއެވެ.

އެމެރިކާގެ ބެެސްޓިކް މިސައިލް ޔޫކްރައިން އިން ފޮނުވާލީ 2014 ވަނަ އަހަރު ރަޝިއާއިން ހިފި ކްރިމިއާ ސަރަހަައްދަށާއި ބަޑްޔާންސްކް ސަރަހައްދަށެވެ. މި މިސައިލް އަކީ 300 ކިލޯމީޓަރުގެ ރާސްތާއެއް ލިބިގެންވާ މިސައިލްއެކެވެ.

އެމެރިކާއިން ވަނީ މީގެ ކުރިން ދޭ މެދުރާސްތާ މިސައިލްގެ އިތުރުން ދުރުރާސްތާ މިސައިލް ޔޫކްރައިން އަށް ގެންގޮސްފައި ވާ ކަމަށާއި އެ ރާސްތާގެ އިތުރު މިސައިލް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ބުނެފައެވެ.

އެމެރިކާއިން ރަޝިއާ ބަލިކުރުމަށް ފެށި އާ އޮޕަރޭޝަންގެ ދަށުން މިހާރު ވަނީ 44 ބިލިއަން ޑޮލަރުގެ އާ ޕެކޭޖެއް ދިނުމަށް ފާސްކޮށް އެތަކެތި ޔޫކްރައިން އަށް ފޮނުވަން ތައްޔާރު ކޮށްފައެވެ.

މި ހަމަލާތަކާ ގުޅިގެން ރަޝިއާގެ އޮފިޝަލުން ބުނީ، މެދުރާސްތާ ވިޔަސް ދުރުރާސްތާ ވިޔަސް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށާއި ރަޝިއާ އާ ދެކޮޅަށް ހުޅަނގުން ކުރާ ހަނގުރާމަ ކާމިޔާބު ނުވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-