-Advertisement-

-Advertisement-

2 މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ފުލުހުން / ފޮޓޯ: ރައސިްއޮފީސް

އަމިއްލަ ކުންފުންޏެއްގެ އޮފީހެއް ފަޅާލާ 2 މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.

ކޯޓު އަމުރުގައި ބުނީ ވައްކަމުގެ އަމަލު ހިންގުމުގައި އެމީހާގެ އިތުރުން ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.ވކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ވައްކަން ހިންގުމުގައި އޭނާ އަމަލީގޮތުން ބައިވެރިވުމުގެ އިތުރުން ތުހުމަތުކުރެވޭ މީހުން ފިލުވުމަށް އޭނާ މަސައްކަތް ކޮށްފަައިވާ ކަމަށެެވެ.

އަދި ތުހުމަތުކުރެވޭ މީހުން ދުއްވި ސައިކަލު ކުއްޔަށް ނެގުމުގައި އެމީހާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ހެކި ފުލުހުން ހުށައަޅާފަައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އޭނާ އާއި ދެކޮޅަށް ހެކިންގެ ބަޔާނާއި ސީސީޓީވީ ކެމެރާގެ ސްނެޕް ޝޮޓް ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓެއްގެ އިިތުރުން ކޯލް ޑީޓެއިލްސް ރިޕޯޓެއް ފުލުހުން ހުށައަޅާފައިވާ ކަމަށް ކޯޓް އަމުރުގައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-