-Advertisement-

-Advertisement-

ޕީއެންސީ ޖަގަހައިގައި ރޯކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ އުތުރު ދާއިރާއަށް ޕީއެންސީ ކެންޑިޑޭޓް ކެމްޕެއިން ޖަގަހައިގައި ރޯކުރި މައްސަލައިގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރު 14:55 އެހާކެއްހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވި ނަމަވެސް އިމާރާތުގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވަނީ ކުރިން މައުލޫމާތު ދީފައެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަ ކުރަނީ މުހައްމަދު ދާއޫދުއެވެ. މިއީ ފުރަތަމަ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވާދަ ކުރައްވަން ނިންމެވި ދާއިރާއެވެ. ނަމަވެސް ނަރީޝް ފަހުން ވަނީ ގއ. ކޮލަމާފުށީ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވާ ކެމްޕެއިން ފަށްޓަވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖުލީސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއިން ވަނީ 66 ކާމިޔާބު ކޮއްފައެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވި 11 މެންބަރުންގެ 7 މެންބަރުން ވަނީ ސަރުކާރު ޕާޓީ ޕީއެންސީ އާއި ގުޅިފައެވެ. މި އާއި އެކުގައި ސަރުކާރު މެންބަރުންގެ އަދަދު ވަނީ 73އަށް އެރާފައެވެ. އަދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-