-Advertisement-

-Advertisement-

މައުލޫމާތު ހައްސާކުރުމުގެ ފަހުމުނާމާއެއްގައި ޑީއެންއާރްއާއި ދިރާގުން ސޮއިކޮއްފި

ޑީއެންއާރްއާއި ދިރާގާ ދެމެދު ފަހުމުނާމާގައި ސޮއި ކުރުން -- ފޮޓޯ: ޑީއެންއާރް

ސްކޭމް ކޯލްތައް ހުއްޓުވުމަށް ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާއި ދެމެދު މައުލޫމާތު ހައްސާކުރުމުގެ ފަހުނުމާއެއްގައި ސޮއިކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ބުނެފައިވަނީ މި ފަހުނުމާއަކީ ދިވެހިރައްޔިތުންގެ މައުލޫމާތު، ދިރާގާ ހިއްސާ ކުރުމަށް، ދެ ފަރާތުން ގެންގުޅެން ޖެހޭނެ އުސޫލުތަކެއް ބަޔާންކޮށް ވެވިފައިވާ ފަހުނުމާއެއް ކަމަށެވެ.

އެގޮތުން ޑީއެންއާރުން ބަލަހައްޓަމުން އަންނަ ދިވެހި ރައްޔިތުންގެ މައުލޫމާތުގެ ތެރެއިން ދިރާގަށް ބޭނުންވާ މައުލޫމާތު އޭޕީއައިއެއް މެދުވެރިކޮށް ދިރާގާއި ހިއްސާ ކުރާނެ ކަމަށް ޑީއެންއާރު އަން މައުލޫމާތު ދީފައިވެއެވެ.

މި ފަހުމުނާމާއާއި އެކުގައި ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމުގައި އަދި ހާއްސަކޮށް ސިމްކާޑުތައް ގަންނަ އިރު ގައްނަ މީހެއްގެ މައުލޫމާތް ސައްހަކަށް ކަށަވަރު ކުރުމަށް ފަސޭހަވެ ސްކޭމް ކޯލްތައް ހުއްޓުވުމަށް ބޮޑު އެހީތެރިކަމަށް ވެގެން ދާނެ ކަމަށް ޑީއެންއާރު އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ސިމްކާޑުތައް އެހެން މީހުންގެ ނަމުގައި ނެގުން ހުއްޓިވިގެން ދާނެކަމަށް ޑީއެންއާރު އިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-