-Advertisement-

-Advertisement-

ތުރުކީއަށް 214 ބާވަތަކުން ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭ ގޮތް ހަދަނީ

ތުރުކީއާ އެކު ކުރިއަށް ގެންދާ އެއްބަސްވުމުގެ ތެރެއިން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ތުރުކީ އާ އެކު ކުރިއަށްދާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ދަށުން 214 ބާވަތަކުން ސުން ޕަސެންޓުގައި ތުރުކީއަށް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ހަމަޖައްސައި ދޭން ތުރުކީ ސަރުކާރުގައި މިހާރު ވާނީ އެދިފައިއެވެ.

ރާއްޖެ އާއި ތުރުކީ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި ދެ ގައުމުގެ މެދުގައި މިދިޔަ މަހު ފަހު ކޮޅު މަޝްވަރާތައް ފަށާފައިވާއިރު، އިއްޔެ ވަނީ މަޝްވަރާތަކުގެ ދެ ވަނަ ބައްދަލުވުން ބާއްވާފަ އެވެ.

ވިޔަފާރީގެ މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުން އެކްސްޕޯޓު ކުރާ ބައެއް މުދާތަކުން ލުއި ގޮތްތައް ހަމަޖެހިގެންދާނެ އެވެ. މި އެއްބަސްވުމުގެ ދަށުން ހިމެނޭނެ މުދަލުގެ ތަފްސީލު ހާމަކޮށްފައި ނުވި ނަމަވެސް، ރާއްޖެ އަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ގެންނަން ތުރުކީ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ގައުމުން ކާޑުގެ ބާވަތްތައް ގެންނަން ވަނީ ފަށައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-