-Advertisement-

-Advertisement-

ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށް، ހަތަރު ރިސޯޓު އަޅައިދޭނެ: ފައިސަލް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް – ފޮޓޯ: އިބްރާހިމް ފައިސަލް / އެކްސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ލ. އަތޮޅު ފޮނަދުއާއި ގަން ސިޓީއަކަށް ބަދަލުކޮއްލައި އެ އަތޮޅުގައި 4 ރިސޯޓެއް ތަރައްގީ ކޮއްދޭނެ ކަމަށް މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ މިހަފްތާގެ އާދީއްތަ ދުވަހު ބޭއްވުނު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ލ. އަތޮޅުން ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގު ކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން.

ސިޓީއަކަށް ބަދަލުކުރުމަށް ޓަކައި ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް ގާއިމްކޮށްދޭނީ މި ސަރުކާރުން ކަމަށް ވެސް ވިދާޅުވިއެވެ. އަޅުގަނޑު ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،” ފައިސަލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މި އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓަށް ހަތަރު ރިސޯޓު ސަރުކާރުނަ ތަރައްގީ ކޮއްދޭނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ލ. އަތޮޅުގައި ފަތުރުވެރިކަން ހިންގުމަށް ޓަކައި މިހާރު ވެސް ބޭރުގެ އެކި އިންވެސްޓަރުންނާ މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވެފައިވަނީ އެނާގެ އުންމީދަކީ ލ. އަތޮޅުގައި ރިސޯޓުތައް ތަރައްގީވެ ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ވުންގެދިއުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-