-Advertisement-

-Advertisement-

އައްޑޫ ސިޓީ ފޭދޫގެ 40 އަށްވުރެ ގިނަ ގެތަކަށް ބޯކޮށް ވާރޭ ވެހި ގެއްލުން ވެއްޖެ

ވާރޭވެހި ފެންބޮޑުވެފައި --

އައްޑޫ ސިޓީ ފޭދޫގެ 40 އަށްވުރެ ގިނަ ގެތަކަށް ބޯކޮށް ވާރޭ ވެހި ގެއްލުން ވެއްޖެއެވެ.

މިކަމާ ގުޅިގެން ފޭދު މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ވިދާޅުވީ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ގޭބީސީތަކަށް ފެން ވަނުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.

މިގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ފޭދޫގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެހެންވެ، ހިތަދޫ ފަޔާ ސްޓޭޝަނާއި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

މީގެއިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ދިރިއުޅެން އުނދަގުވާ ވަރަށް ހަތަރު ގެއެއްގައި ފެންބޮޑުވެފައިވާތީ، އެގޭގައި ދިރިއުޅޭ މީހުން ވަގުތީ ހަޔާވަހިކަމަށް ބަދަލު ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރި ނަމަވެސް ހުރިހާ ހިސާބުތަކަކަށް ވެސް ކަނޑުތައް މަޑު ވާނެ ކަމަށް މެޓުން ބުނެއެވެ.
ހުރިހާ ހިސާބަކަށްވެސް ވައި ޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-