-Advertisement-

-Advertisement-

ޒުވާނުން ވޯޓުލުމަށް ޝައުގުވެރިނުވޭ: އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ – ފޮޓޯ: ދި އެޑިޝަން

ވޯޓުލުމުގެ ހައްގު ލިބިގެންވާ ޒުވާންގެ ތެރެއިން ގިނަ ޒުވާނުން ވޯޓްލުމަށް ޝައުގުވެރިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖޭގެ މިޑިއާއެއްގައި ވާހަކަދައްކަވަމުން ޒަކަރިއްޔާ ވިދާޅުވެފައިވަނީ ރާއްޖޭގެ އާބާދީ އިތުރުވެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން ކޮންމެ އިންތިހާބެއްގައި ވެސް އިތުރުވާ ކަމަށެވެ. ނަމަވެސް ވޯޓްލާ މީހުންގެ އިތުރު ނުވާކަމަށެވެ. މި މައްސަލަގަ ގައުމީ ފެންވަރެއްގައި ދިރާސާކޮށް ޙައްލު ހޯދަންޖެހޭކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން ޒުވާނުން, ހާއްސަކޮށް ފުރަތަމަ ފަހަރަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ޒުވާނުން ވޯޓު ނުލާ ސަބަބު ދެނެގަނެ އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖަހޭ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވުނު ރައްޔިތުން މަޖިލިސް އިންތިހާބުގައި ސަރުކާރުގެ މައި ޕާޓީ ޕީއެންސީ އިން ވަނީ ބޮޑު ކާމިޔަބީއެއް ހޯދައި 20 ވަނަ ރައްޔިތުން މަޖިލީސްގެ ސުޕަ މެޖޯރިޓީއެއް ހޯދައިފައެވެ. މި އިންތިހާބުގައި 284,662 މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރުގައި ވޯޓްލާފައިވަނީ 215,860 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ %75 އިންސައްތަ މީހުންނެވެ. މިއަހަރުގެ މަޖިލިސް އިންތިހާބުވެފައި ވަނީ ވޭތުވެދިޔަ 4 ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތެރެއިން ވޯޓުލާ މީހުންގެ ނިސްބަތައް ބަލައި އެންމެ މަދު މީހުން ވޯޓުލި ރައްޔިތުން މަޖިލިސް އިންތިހާބެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-