-Advertisement-

-Advertisement-

ރާއްޖޭގައި ގިނަ އަދަދަކަށް ބޭނުންކުރަމުންދާ ދެ ބްރޭންޑެއްގެ ހަވާދު ބޭނުން ނުކުރަން އަންގައިފި

އިންޑިއާގެ އުފެއްދުމަށް ކަމަށްވާ “އެވަރެސްޓް” އާއި “އެމްޑީއެޗް” ބްރޭންޑު ހަވާދުގެ ބާވަތްތަކުގައި ކެމިކަލް މާއްދާއެއް ފެނިފައިވާ ވާތީ މި ބާވަތްތައް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އިއްޔެ ނެރެނު ނޫސްބަޔާނުގައި ވަނީ މި ދެ ބާވަތުގެ ހަވާދުގައި “އެތެރިން އޮކްސައިޑް” ހުރިކަމަށް ބުނެ ސިންގަޕޯރ ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮރ ފުޑް ސޭފްޓީން ވަނީ އެ އެ އުފެއްދުންތައް ބޭނުން ނުކުރަމަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.

ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ “އެތެރިން އޮކްސައިޑް” އަކީ ދަނޑުވެރިކަމުގެ އެފެއްދުންތައް ފިއުމިގޭޓްކުރުމަށް ބޭނުންކުރާ ކެމިކަލެއް ކަމަކަށާއި މި ކެމިކަލް ކާބޯތަކެތީގައި ބޭނުން ކުރުމަކީ ސިއްޙަތަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެއްކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-