-Advertisement-

-Advertisement-

އޮކްސިޖަން ނުދެވި، މީހަކު މަރުވިކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަނީ

މިނިސްޓްރީ އޮފް ހެލްތުގެ މައި އިދާރާ

ހޮސްޕިޓަލަކުން ވެފައިވާ އިހުމާލެއްގެ ސަބަބުން އޮކްސިޖަން ނުދެވި، އުމުރުން ދުވަސްވީ މީީހަކު މަރުވިކަމަށް ތުހުމަތު ކުރާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަންފަށައިފިއެވެ.

މި ހާދިސާގައި ރޭގެ ވަގުތެއްގައި ތ.ކިބިނދޫ ،74 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު، ހެލްތު މިނިސްޓްރީއިން ބުނީ އެ އިދާރާގެ ސަމާލުކަމަށް މިފަދަ މައްސަލައެއް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި އަންހެން މީހާ ނޭވާލާން އުނދަގޫވެ ހާލު ދެރަވުމުން ފުރަތަމަ ގެންދިޔައީ ތ.ވޭމަންޑޫ ހޮސްޕިޓަލަށެވެ. އަދި އެ ހޮސްޕިޓަލުގައި މާލެ ގެންދިޔުމަށް ސީއެމްބިއުލާންސް ހަމަ ޖައްސަން އެދުމުން އެކަން ނުކޮށް ގެންދިޔައީ ތިމަރަފުޓަށެވެ. އެމީހާއަށް ބޮޑުވަރުވެ އޮކްސިޖަން މައްސަލަ ޖެހިފައިވަނީ ތިމަރަފުށީ އެމްބިއުލާންސް ގައި އެއާޕޯރޓަށް ގެންދަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން ބުނީ މިމައްސަލަ ކުރިއައްދާ މިންވަރުން އިތުރު މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

ހޮސްޕިޓަލުތަކުގެ އިހުމާލުން މަދުން ނަމަވެސް ރާއްޖޭގައި މިކަލަހަ ހާދިސާތަށް ހިނގައެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މިފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަަވަޅުވެސް އަޅައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-